އަލް ފައްތާޙު: އީރާނުގެ ފުރަތަމަ ހައިޕަރސޮނިކް މިސައިލް

0

އީރާނުން އުފައްދާފައިވާ “އަލް ފައްތާހު” މި މިސައިލަކީ މެނިއުވަރެބިލިޓީ އާއި ސްޕީޑް ބާރުވުމުގެ ސަބަބުން މިސައިލުން ދިފާޢުވުމަށް ގާއިމުކޮށްފައި ހުންނަ ދިފާޢީ ނިޒާމުތަކުން ހަމަލާދީ ވައްޓާލަން ދަތިވާނެ މިސައިލެކެވެ. މިހާރު ވަނީ އަލް ފައްތާހު 2 ދައްކައިލައިފައެވެ.

މި މިސައިލަކީ އަލް ފައްތާހު 1 އަކަށްވުރެ ހުރިހާ ގޮތަކުން ވެސް ފެންވަރު ރަނގަޅު މިސައިލެކެވެ.

އަލް ފައްތާހު 2 އަކީ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެކެވެ. މި މިސައިލް މެކް 15 (5،145 މީޓަރު ނުވަތަ ސިކުންތަކަށް 16،880 ފޫޓު) ގެ ސްޕީޑުގައި ދަތުރުކުރާނެއެވެ. ރޭންޖަކީ 1،400 ކިލޯމީޓަރު (870 މޭލު) އެވެ.

ހައިޕަރސޮނިކް މިސައިލްތަކަކީ އަޑަށްވުރެ ފަސްގުނަ ނުވަތަ އެއަށްވުރެ ބާރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލްތަކެކެވެ.

ދިފާޢީ ނިޒާމުތަކަށާއި ރާޑަރުތަކަށް މި މިސައިލަށް އަމާޒުކުރަން ދަތިވަނީ މިއީ މެނޫވަރ (ހޭރިޔާ) ކުރާ މިސައިލްތަކެއް ކަމަށްވާތީއެވެ.

މިހާތަނަށް ހައިޕަރސޮނިކް މިސައިލްތައް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވަނީ އެމެރިކާއާއި، ރަޝިޔާއާއި، ޗައިނާއާއި، އުތުރު ކޮރެއާ އިންނެވެ. މި ޤައުމުތަކުން އުފެއްދި މިސައިލްތަކާބެހޭ ސީދާ ތަފުސީލުތައް ހާމަކޮށްފައި ނުވާއިރު އީރާނުން އުފެއްދި އަލްފައްތާހު 2 ގެ ގާބިލުކަން އާންމުކޮށް އެ މިސައިލް ދައްކާލުމުން އެ ޤައުމުތައް ވެސް ވަނީ ހައިރާންވެފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވިޔަސް ފާއިތުވި ތަނުގައި އަސްކަރީ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް އެ ޤައުމުން އިތުރުކޮށްފައެވެ.

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply