މަނަދޫ ސީނުގޭ ދަރިކޮޅު

0

މަނަދޫ ސީނުގޭ ދަރިކޮޅުން އެންމެ ދުރުން ފެންނަނީ ސީނު ކަޅުފުތުބެއެވެ. ކަޅުފުތު ގޭގެ ތިބީ ދެބޭންނެވެ. އެއީ ސީނު ހުސޭނާއި، ސީނު އާދަންކޮޔެއެވެ. މި މީހުންގެ ޢާއިލީ މުސްކުޅި ގެއަކީ ސީނުގެއެވެ. އެގެ ހުރީ މަނަދޫގެ އެންމެ އުތުރު ފަރާތުގައި ހުރި ގޯތިތަކުގެ ތެރޭގައި ދަންޑަހެލު ކެޔޮޅުގެ ގޯއްޗާއި ސިއްތި ހުސެންބެ ގޯއްޗާ ދެމެދުގައެވެ. ދަންޑަހެލު ގޯއްޗަކީ ފަހުން އުރާމާގެއެވެ. ސީނު ޢާއިލާގެ މުސްކުޅި ގެއަކީ ފަހުން ނޫރަންމާގެއެވެ. މި ގޯތީގައި ސީނުގެ ޢާއިލާގެ އެތައް ބަޔަކު ދިރިއުޅުނެވެ. އެންމެ ފަހުން އެ ގޯތި އޮތީ ސީނު ސަންފަދައިތަގެ ދޮން ޙުސޭނުގެ މުޙައްމަދަށެވެ.

ސީނު ހުސޭނުގެ ޢާއިލާ

ސީނު ހުސޭނުގެ ޢާއިލާ ދެމިގެން ގޮސްފައިވަނީ ސީނު ޙުސޭނުގެ ސީނު އަހަންމަދުކޮއި (އަޙްމަދު ޙުސައިން)ގެ ފަރާތުންނެވެ. އެއީ ސީނު ބޮޑުބެއެވެ. ފަހުން މަޝްހޫރުވެފައި އޮތީ ސީނުބޭގެ ނަމުންނެވެ. ސީނުބޭގެ މަންމައަކީ ކާކުކަމެއް އަދި ނޭނގެއެވެ. ސީނުބޭގެ ފަހުން ދިރިއުޅުނީ ކެނެރީގޭގައެވެ.

ސީނުބޭ (އަޙްމަދު ޙުސައިން) އާއި އައިސަ ދައިތަ ކައިވެނިކޮށްގެން ލިބުނު ދަރިންނަކީ:-

1. ޢަލީ އަޙްމަދު (ސީނު އަލިބެ)

2. އިސްމާޢީލް އަޙްމަދު (ސީނު އިސްމާޢީލްބެ)

—————————————————————-

ސީނު އާދަންކޮއިގެ ޢާއިލާ

ސީނު އާދަންކޮއިގެ ދަރިންނަކީ ސީނު އަހަންމަދާއި ސީނު ސަންފައާއި ސީނު އައިސައެވެ. މި ތިންބެންގެ މަންމައަކީ ކާކުކަމެއް އަދި އޮޅުމަކުން ނުފިލައެވެ.

ސީނު އާދަންކޮއިގެ ސީނު އަހަންމަދުގެ ޢާއިލާ

ސީނު އަހަންމަދުބެގެ ގެއަކީ މިހާރުގެ ދިލްޝާދުގެއެވެ. ސީނު އަހަންމަދުގެ ދަރިންނަކީ:-

1. އަބޫބަކުރު އަޙްމަދު (ސީނު އަބޫބެ)

2. ޢުމަރު އަޙްމަދު (ސީނު ޢުމަރުބޭ)

ސީނު އަހަންމަދުބެ ނެވިގޭ ޙައްވާކޮއިދައިތައާ ކުރި ކައިވެނިން ލިބުނީ ދެ ދަރިންނެވެ. އެއީ އަބޫބަކުރު އަޙްމަދު (ސީނު އަބޫބެ) އާއި ޢުމަރު އަޙްމަދު (ސީނު ޢުމަރު) އެވެ. ސީނު ޢުމަރުވީ ހާޖީބޭގެ ހުދު ދޯނި ކަނޑުވެ ގެއްލުނުއިރު ގެއްލިފައެވެ. ސީނު އަހަންމަދުގެ އަބޫބަކުރު (ސީނު އަބޫބެ) އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނީ ބޮނޑިބަތް މަރީނާ ދައިތައާއެވެ. ސީނު އަބޫބެގެ ދަރިއަކު ނުހުރެއެވެ.

ސީނު އަހަންމަދުބެ އިން ނެވިގޭ ޙައްވާކޮއި ދައިތަ އޭގެފަހުން ކައިވެނިކުރީ ކުޅުދުއްފުށީގޭ ޢަލިބެއާއެވެ. ކުޅުދުއްފުށީގެއަކީ މިހާރުގެ ގުރީންގެއެވެ. މި ކައިވެނިން ލިބުނު ދަރިއަކީ ސުރިއްޔާ ޢަލީ (ދިލްޝާދުގޭ ސުރީ ދައިތަ) އެވެ. ސުރީދައިތައާއި ސީނުގޭ އަބޫބެ (އަބޫބަކުރު އަޙްމަދު) އަކީ އެއްބަނޑު ވަކި ބަފާ ދެ މީހުންނެވެ.

ސީނު އާދަންކޮއިގެ ސީނު އަހަންމަދުގެ ސީނު ސަންފަގެ ޢާއިލާ

ސީނު ސަންފަގެ ދޮށީ ދަރިއަކީ ސީނު އަބޫބެ އެވެ. މި އަބޫބެ މާލޭގައި އުޅުނީ ހެންވޭރު ދަނޑުމަތީގެ / މޯނިންގލޯރީ) ގައެވެ. މި އަބޫބަކުރުގެ ބައްޕައެއް އަދި އޮޅުމެއް ނުފިލައެވެ.

ސީނު އާދަންކޮއިގެ ސީނު ސަންފަގެ ޢާއިލާ

ސީނު ސަންފަގެ ދޮށީ ދަރިއަކީ ސީނު އަބޫބެ އެވެ. މި އަބޫބެ މާލޭގައި އުޅުނީ ހެންވޭރު ދަނޑުމަތީގެ / މޯނިންގލޯރީ) ގައެވެ. މި އަބޫބެގެ ބައްޕަ އަށް ކިޔަނީ މުޙައްމަދެވެ.

މި މުޙައްމަދުގެ އެއްބަނޑު އެއްބަފާގައި ހުރީ ޙައްވަދައިތަ ކިޔާމީހެކެވެ. ދޮންއައިސަ ސިއްތި (އާބަކުރު ކާސިމުގެ އަންހެނުން) ނަކީ މި މުޙައްމަދާއި ޙައްވަދައިތަ އާ އެއްބަނޑު މީހެކެވެ.

އަބޫބެ 15 ކައިވެންޏެއް ކުރިއެވެ. އާއިލާ ދެމިގެން ގޮސްފައިވަނީ 3 ކައިވެނިންނެވެ. މީގެ ތެރެއިން

އިންނަމާދޫ އައިސަ ކިޔާ މީހަކަށް ލިބުން ކުއްޖެއް 9 ވަރަކަށް އަހަރުގައި ވަނޚ ނިޔާވެފައެވެ. އޭގެ ފަހުން އަޒީޒާ ކިޔާ މީހަކަށް ލިބުން ކުއްޖެއް ވިހެއުމުގެ ތެރޭގައި ވަނީ ނިޔާވެފައެވެ.

ސީނު އަބޫބެ (މޯނިންގްލޯރީ)+ އައިމިނާ ފުޅު (ތަކަންދޫ)

1. މަރިޔަމް ވަހީދާ

ސީނު އަބޫބެ + އައިމިނާ މަނިކެ (ހޯޑެއްދޫ)

1. މުޙައްމަދު ވަޙީދު

ސީނު އަބޫބެ + އައިސާފާނު (އައިސާފާނަކީ ސީނު އަބޫބެ ކުރިން ކައިވެނިކުރި ހޯޑެއްދޫ، އައިމިނާ މަނިކެގެ ކޮއްކޮ އެކެވެ.)

1. އައިމިނަތު ވަޙީދާ

2. އިބްރާހީމް ވަޙީދު

3. ޢަލީ ވަޙީދު

4. ޙަސަން ވަޙީދު

5. ފާޠިމަތު ވަޙީދާ

6. ޙައްވާ އަބޫބަކުރު

7. އިސްމާޢީލް އަބޫބަކުރު

8. މުންތަހާ އަބޫބަކުރު

———-

ސީނު ސަންފައާއި ކުޑަބެ މޫސަބޭ ކައިވެނިކޮށްގެން ލިބުނު ދަރިންނަކީ:-

1. ކުޑަބެ މޫސަބޭގެ މަރިޔަންކޮއި (ބޯތަ)

2. ކުޑަބެ މޫސަބޭގެ ފާތުމަ

3. ކުޑަބެ މޫސަބޭގެ ދޮން ހުސޭނު

ސީނު ސަންފަގެ ހުސޭނު (ކުޑަބެ މޫސަބޭގެ ދޮން ހުސޭނު) ކަނބުރު ކަނބުލޮއާ އިނދެކެން ލިބުނު ދަރިއަކީ މުޙައްމަދު ޙުސައިން (ދޮން ހުސޭނު މުޙައްމަދު) އެވެ. ސީނު ސަންފަދައިތަގެ މަރިޔަންކޮއި ދައިތަ (މަރިޔަމް މޫސާ) އެންމެފަހުން ކައިވެނިކޮށްގެން އުޅުނީ ލޯލި ޢުމަރުބޭ (ޒަމާނީވިލާ) އާއެވެ. މަރިޔަންކޮއި ދައިތަގެ ދަރިއެއް ނުހުރެއެވެ.

ސީނު ސަންފަ ދައިތައަށްފަހު ކުޑަބެ މޫސަބޭ ކައިވެނިކުރީ މިލަދޫ ފާތުމަ ދައިތައާއެވެ. އެ ބަނޑަށް ލިބުނީ ހާޖަރާ މޫސާއެވެ. ކުޑަބެ މޫސަބޭ ނިޔާވުމުން މިލަދޫ ފާތުމަދައިތައާއި ހާޖަރާ މިލަދޫއަށް ދިޔައީއެވެ.

ސީނު އާދަންކޮއިގެ ސީނު އައިސަގެ ޢާއިލާ

ސީނު އައިސަ އިނދެގެން އުޅުނީ މުދިން ކަލޭގެގެ ދޮން ޢަލީއާއެވެ. މިހާރުގެ ނޫރާނީވިލާއަކީ މި ދޮން އަލީގެ ގެއެކެވެ. ސީނު އައިސަ އާއި މުދިން ކަލޭގެގެ ދޮން ޢަލީގެ ދަރިންނަކީ ފާތުމަތު ޢަލީ ( ސީނު ފާތުމަކޮއި ދައިތަ) އާއި ޙުސައިން ޢަލީ (ސީނު ހުސެންބެ) އެވެ.

ޚާއްޞަ ޝުކުރު:

– ސަޢީދު ޤާސިމް

– ބޮޑިބަތް ދޮންބެ

– ޙުސައިންކޮއި

– ޢަބްދުﷲ ރަޝީދު (ޖުންމާ)

– ޢަލީ އަޙުމަދު

– ޙުސައިން ރަޝީދު

– އަޙްމަދު ޝައްފާން

– އައިސާފާނު

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply