1. ދިވެހިރުއް
ދިވެހިރުއް ކިޔަނީ ދިވެހިރާއްޖޭގައި އެންމެ ގިނައިން އާންމުކޮށް ހެދޭ ރުކަށް ނިސްބަތްކޮށެވެ. ދިވެހިރުކުގައި ކާއްޓާއި ގަނބުޅިއާއި ކުރުނބާގަނެއެވެ. ރުކުގައި އެއްޗެހިގަތުން މާނަކުރަނީ ރުކުގައި އެއްޗެހިއެޅުމަށެވެ. ދިވެހިރުއް 30 މީޓަރަށް ދިގުވެއެވެ. ފަނެއްގެ ދިގުމިނުގައި އާންމު 4 މީޓަރާއި 6 މީޓަރު ވަރުހުރެއެވެ. ފަންވަތެއްގެ ދިގުމިނަކީ 60 ސެންޓިމީޓަރާއި 90 ސެންޓި މީޓަރާ ދެމެދުގެ މިންވަރެކެވެ.
2. ރަތުރުއް
ރަތުރުކަކީ ރަތްރީނދޫ ކުލައިގައި ހުންނަ އެއްޗެހިގަންނަ ރުކެވެ.
3. ނުލުރުއް (ނޫރުއް)
ނުލުރުއް ނުވަތަ ނޫރުކަކީ އެ ރުކުގައި ފެހިކުލައިގެ އެއްޗެހިގަންނަ ރުކެވެ.
4. ރަސްދަނބުރުއް
ރަސްދަނބު ރުކަކީ އެ ރުކުގެ ފަނާއި އެ ރުކުގައި ގަންނަ އެއްޗެހީގައި ރަންކުލައާއި ދަނބުކުލަ ހުންނަ ރުކެވެ.
5. ފަނޑިހިރުއް
ފަނޑިހިރުކަކީ ނުލުރުކާއި ރަތުރުކާ ދެމެދުގެ ފަނޑުކުލައެއްގައި އެއްޗެހިގަންނަ ރުކެވެ.
6. ދޮންރުއް
ދޮންރުކަކީ ރުކުގެ ފަނާއި ރުކުގައި ގަންނަ އެއްޗެހީގައި ދޮންކުލަ ހުންނަ ރުކެވެ.
7. ޖާފާނުރުއް
ޖާފާނު ރުކަކީ ދިވެހި ރުކާ އެއްގޮތަށް ހެދޭ، ދިވެހިރުކުގެ ބާވަތެކެވެ މިއީ ވަރަށް ކުރުކޮށް ހުއްޓާ ފޯދޭ ވައްތަރެކެވެ. ކަނދު ބުޑުލާއިރަށް ފޯދޭނެއެވެ. މިއީ އޮޅުދޫކަރައިގެ ޖަފްނާގައި ހުންނަބާވަތެކެވެ. ވީމާ މިނަން ނިސްބަތް ކުރެވިފައި އެ ވަނީ ޖަފްނާއަށް ކަމަށް ލަފާކުރެވެއެވެ.
8. ދޮންބޮޑުރުއް
މިއީ ބާގައަށްވުރެ ބޮޑެތި އެއްޗެހިގަންނަ ރުކެވެ.
9. ބޮޑުރުއް
ބޮޑުރުއް ކިޔަނީ އަޑުބާ ކެނޑޭވަރުގެ އެއްޗެހިގަންނަ ރުކަކަށެވެ.