މިހާރު ސޫދާނުގައި ހިނގަމުންދާ ހަނގުރާމައަކީ އެ ޤައުމުގެ ސިފައިންގެ ލަޝްކަރާއި، ސިފައިންނަށް އެހީތެރިވުމަށް އުފައްދާފައި އޮންނަ ލަޝްކަރު، ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމައެކެވެ. އދ.ގެ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މިހާތަނަށް 427 މީހުން މަރުވެ 3700 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މި ހަނގުރާމަ ފެށުނީ ސޫދާނުގައި ސިފައިން ގެނައި އަސްކަރީ އިންގިލާބަށްފަހު، އިންގިލާބުގައި އިސްކޮށް ހަރަކާތްތެރިވި އަސްކަރީ ދެ ޖަމާޢަތުގެ މެދުގައި ޚިޔާލު ތަފާތުވެގެންނެވެ. މިހާރު ހަނގުރާމަ ކުރަނީ އޭގެ އެއްބަޔަކު އަނެއް ބަޔަކު ނައްތާލުމަށްފަހު ޤައުމުގައި ވެރިކަން ކުރާށެވެ.

ސޫދާނުގެ ސިފައިން ބުނާގޮތުގައި އާރުއެސްއެފަކީ ޓެރަރިސްޓް ޖަމާއަތެކެވެ. އާރުއެސްއެފް އިން ބުނާގޮތުގައި ސިފައިންނަކީ ބާޣީންނެވެ.

ސޫދާނުގެ ސިފައިންގެ ވެރިޔަކީ ޖެނެރަލް ޢަބްދުލް ފައްތާޙު އަލް ބުރުހާނެވެ. ރެޕިޑް ސަޕޯޓް ފޯސަސްގެ ވެރިޔަކީ ކުރީގެ ޖެނެރަލެއް ކަމަށްވާ މުޙައްމަދު ޙަމްދާން ދަގަލޯ އެވެ.

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply