އަޅުގަނޑުގެ ތަޢާރަފް

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑުގެ ބައްޕަ ފަރާތުގެ އާއިލާއަކީ މަނަދޫ ހާޖީ ކަލޭފާނުގެ އާއިލާއެވެ. މަންމަ ފަރާތު އާއިލާއަކީ މަނަދޫ ކަތީބު މޫސަބޭގެ އާއިލާއެވެ. މި ދެ އާއިލާއަކީ ވެސް ޢިލްމާއި މަސައްކަތްތެރިކަމާއި ފަންނުވެރިކަމުން ފާހަގަކުރެވޭ އަދި ސިޔާސީގޮތުން ރަށާއި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ދެ އާއިލާއެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ. މިއީ އަޅުގަނޑުގެ ޝުޢޫރާއި ޚިޔާލާއި މަސައްކަތްތަކުގެ އަރުޝީފެކެވެ.